ރެސިޕީ: ސްނިކާސް ލަޒާނިޔާ

ބޭނުންވާ ތަކެތި

1 ޕެކެޓް އިންސްޓެންޓް ޗޮކްލެޓް މިކްސް ޕުޑިންގ

2 ޖޯޑު ދިޔާ ކިރު (ފުލް ކްރީމް)

1/2 ޕެކެޓް ޗިކްލެޓް ވެފާސް

ވިޕްޑް ކްރީމް (ފިނިކޮށްފައި)

ކެރަމަލް ސޯސް

1/3 ޖޯޑު ނަޓްސް (ކޮށާފަ)

1 ސްނިކާސް ބާރ ( ކިޔުބްކޮށް ކޮށާފަ)

ތައްޔާރު ކުރާނެ ގޮތް

ކިރާއި ޗޮކްލެޓް މިކްސް ޕުޑިންގ ރީއްޗަށް އެއްކޮށްލައި ގިރާލުމަށްފަހު ސެޓް ވަންދެން އިރުކޮޅަކު ފްރިޖްގައި ބަހައްޓާލާށެވެ. (ނޫނީ ޗޮކްލެޓް މިކްސް ޕުޑިންގ ފޮށީގެ ބޭރުގައި ލިޔެފައިވާ ގޮތަށް އަމަލުކުރާށެވެ.)

ޓްރޭއެއްގައި ޗޮކްލެޓް ވެފަރ އިން ބޭސްއެއް އަޅައިލުމަށްފަހު އޭގެ މައްޗަށް ވިޕްޑް ކްރީމް ލޭޔަރ އެއް އަޅާލާށެވެ. ކެރަމަލް ސޯސްކޮޅެއް ބުރުވާލުމަށްފަހު ޗޮކްލެޓް ޕުޑިންގ ލޭޔަރ އެއް އަޅާލާ ނަޓްކޮޅެއް ބުރުވާލާށެވެ. މިގޮތަށް އިތުރު ލޭޔާރ އެއް ނޫނީ ދެ ލޭޔަރ އަޅާލެވިދާނެއެވެ. އެންމެ މައްޗަށް ކެރަމަލް ސޯސް ކޮޅެއް އަޅާލުމަށްފަހު، ސްނިކާސް ކޮޅު އަޅާލާށެވެ. ސާރވް ކުރާނީ ފްރިޖަށްލައި ފިނިކޮށްގެންނެވެ.

ޝެއަރ ކުރައްވާ