ރެސިޕީ: ޗޮކްލެޓް ވެފާ ޕުޑިންގ

ބޭނުންވާ ތަކެތި

8 ބިސް

1 ދަޅު ގެރިކިރު

1 ސައި ސަމްސާ ވެނީލާ އެސެންސް

2 މޭޒުމަތީ ސަމްސާ ހަކުރު

1 ޕެކެޓް ޗޮކްލެޓް ވެފާ

ތައްޔާރު ކުރާނެ ގޮތް

ހަކުރު ފިޔަވާ ހުރިހާ އެއްޗެއް ބްލެންޑަރުން ރީއްޗަށް ގިރާލާށެވެ.

ޓްރޭއެއްގައި ހަކުރު ކޮޅު ވިރުވާލުމަށްފަހު، މުކްސަރުން ގިރައިލި ބައި ޓްރޭއަށް އަޅާލައި ރޯފިލަންދެން އާވިން ކައްކާލާށެވެ. ސާރވް ކުރާނީ ހިހޫވުމުން، އައިސް އަލަމާރިއަށް ލައި ފިނިކޮށްލައިގެންނެވެ.

ޝެއަރ ކުރައްވާ