ފައިސާގެ ބޮޑެތި އިނާމުތަކަކާއެކު “އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް”

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އަކީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭން، ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން “ރިވެތި ރާއްޖެ، މަގޭ ރާއްޖެ” މި ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ދަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ،“އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް” ގެ ނަމުގައި ވަރަށް ޚާއްސަ މައުރަޒެއް އިއުލާނުކޮށްފައެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު، ޖޫން 5 އިން ފެށިގެން 31 ޖުލައި 2017 ގެ 15:00 އާއި ހަމައަށް ހުޅުވާލެވިފައި ވެއެވެ. މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު ، recycles.mwsc.com.mv  އިން ލިބެން ހުންނާނެއެވެ. މި މައުރަޒުގައި ބައިވެރިވެ ވަޑައިގަނަން ބޭނުންފުޅުވާ ފަރާތްތަކުން ، މި ވެބްސައިޓް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. އަދި ފޯމް އީމެއިލް މެދުވެރިކޮށް pr@mwsc.com.mv  އަށް ވެސް ހުށަހެޅޭނެއެވެ. ހާޑްކޮޕީ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ފެން ބިލްޑިންގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ ކައުންޓަރާ ހަވާލުކުރަންވީއެވެ.

އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް އަކީ، މުޅި ރާއްޖެއަށް ހާއްސަ ކުރެވިގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕްލާސްޓިކް (ޕްލާސްޓިކް ފުޅި، ޕައިޕް، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕަރ/ކޮތަޅު، ޝްރިންކް ފިލްމް/ރެޕަރ، ޕޮލިމަރ) ފަދަ ތަކެތި ބޭނުން ކޮށްގެން އުފެއްދުންތަކެއް ތައްޔާރުކުރުމުން، އެތަކެތި މި މައުރަޒުގައި ދައްކާލެވޭނެއެވެ.

މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭން އެކިއެކި ވަނަވަނައަށް އަންނަ ފަރާތްތަކަށް ހުށަހަޅާފައިވާ ޖުމުލަ ފައިސާގެ އަދަދު 820،000 ރުފިޔާއަށް އަރާއިރު އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ކެޓަގަރީ “އޭ” އަކީ ވަކިވަކި ފަރުދުންގެ ގޮތުގައި ބައިވެރިވުމަށް ޚާއްސަކުރެވިފައިވާ ކެޓަގަރީއެވެ. އެގޮތުން މި ކެޓަގަރީގައި (17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ ބޭފުޅުން)، ސްކޫލް އަދި ކުންފުނިތައް (ސަރުކާރު އަދި ސަރުކާރު ޙިއްސާވާ ކުންފުނި، އަމިއްލަ ކުންފުނި، އެންޖީއޯ އަދި ރިސޯޓްސް) ހިމެނޭނެއެވެ.

ކެޓަގަރީ “ބީ” އަކީ ޙާއްސަ އެހީއަށް ބުނުންވާ ކުދިންނަށް ޚާއްސަ ކެޓަގަރީއެވެ. މި ކެޓަގަރީ ބަހާލެވިފައި ވަނީ ހަތް ބަޔަކަށެވެ. މި ގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން، އިވުމުގެ ނުކުޅެދުންތެރިކަން، ދަސްކުރުމުގެ ނުކުޅެދުންތެރިކަން، ޑައުން ސިން ޑްރޯމް، އޯޓިސްޓިކް އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މި ކެޓަގަރީގައި ހިމެނޭނެއެވެ.

“އެމްޑަބްލިއުއެސްސީ ރިސައިކަލްސް” މައުރަޒުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން ފަރާތެއް ހޮވައި، އެ ފަރާތްތަކަށް ކަނޑަ އެޅިފައިވާ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.

A ކެޓަގަރީ

3 ވަނަ 2 ވަނަ 1 ވަނަ ކެޓަގަރީ  
10,000 20,000 30,000 އަހަރުން ދިށް  17
10,000 20,000 30,000 އަހަރުން މަތި  18
20,000 50,000 70,000 ސްކޫލް
20,000 50,000 70,000 އޮގަނައިޒޭޝަން

 

ކެޓަގަރީ –ބީ (ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަށްް )

3 ވަނަ 2 ވަނަ 1 ވަނަ ކެޓަގަރީ  
10,000 20,000 30,000 ފެނުމުގެ ނުކުޅެދުންތެރިކަން
10,000 20,000 30,000 އަޑުއިވުމުގެ ނުކުޅެދުންތެރިކަން
10,000 20,000 30,000 ދަސްކުރުމުގެ ނުކުޅެދުންތެރިކަން
10,000 20,000 30,000 ޑައުން ސިންޑްރްމް
10,000 20,000 30,000 އޯޓިސްޓިކް
10,000 20,000 30,000 ޖިސްމާނީ ނުކުޅެދުންތެރިކަން (އަތް)
10,000 20,000 30,000 ޖިސްމާނީ ނުކުޅެދުންތެރިކަން (ފައި)

މައުރަޒުގައި ބައިވެރިވެރިވާ ފަރާތްތަކުން ތައްޔާރުކުރާ ތަކެތީގެ މަސައްކަތް ކުރިއަށްދާގޮތް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ޚާއްސަ ޓެގްލައިނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. އެއީ MWSCRecycles2017 #RivethiRaajjeMageyRaajje# އެވެ.

“އެމްޑަބްލިއުއެސްސީ ރިސައިކަލްސް” މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް މަހުގެ 20 އިން 24 އަށެވެ.

މައުރަޒުގައި ބައިވެރިކުރާ އާޓްވޯކްތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 13 އޯގަސްޓް އިން 16 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ17:00 އެވެ. ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ، ނޭޝަނަލް އާޓްގެލަރީގެ ހޯލުގައެވެ.

ޝެއަރ ކުރައްވާ