ފެލިދޫގައި ހިންގި ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ވ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ފެލިދޫގެ މުއައްސަސާތަކާ ގުޅިގެން ބޭއްވި ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ.

ފެލިދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން “ދުޅަހެޔޮ މުޖުތަމަޢުއަކަށް ކަސްރަތު” ގެ ނަމުގައި ޖުލައި މަހުގެ 8 ން 24 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 62 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ޕްެރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެެވެ. މިރަސްމިއްޔާތ ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ފުލުހުންގެ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މުސްލިމްއެވެ.

މި ރަސްމިއްޔާތުގައި ވ އަތޮޅު ކައުންސިލުން މެމްބަރުންނާއި ފެލިދޫ ކައުންސިލް މެމްބަރުންނާއި ފެލިދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

ކަރަސްތު ޕްރޮގްރާމުގައި ކަސްރަތުކުރަންވީ ރަނގަޅު ގޮތްތަކާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ރަނގަޅު ކާނާއާ ބެހޭ މަޢުލޫމާތު ދީފައިވެއެވެ.

ޝެއަރ ކުރައްވާ