ރިޔާސީ އިންތިހާބުގެ ވ އަތޮޅުގެ ނަތީޖާ

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ވ އަތޮޅުގެ ކޮންމެ ރަށެއްގައި ވޯޓު ފޮށްޓެއް ބެހެއްޓުނެވެ. އަދި މީގެ އިތުރުން މަލޭގައި ދިރިއުޅޭ ވ އަތޮޅުގެ ރައްޔިތުން ވޯޓުލުމަށްވެސްވަނީ ވޯޓު ފޮށްޓެއް ބަހައްޓާފައެވެ. މިއިންތިހާބުގައި ވ އަތޮޅުން 1680 މީހަކަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ.

މާލޭގައި ދިރިއުޅޭ ވ އަތޮޅުގެ ރައްޔިތުން ވޯޓުލުމަށް ބެހެއްޓި ފޮށްޓަށް 387 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު ވޯޓު ލާފައިވަނީ 373 މީހުންނެވެ. މިފޮށިން ކެނޑިޑޭޓް ނަންބަރ އެކެއް ކަމުގައިވާ އަބްދުﷲ ޔާމިންއަށް 129 ވޯޓު ލިބުނުއިރު ކެނޑިޑޭޓް ނަންބަރ ދޭއް ކަމުގައިވާ އިބްރާހިމް މުހައްމަދު ޞާލިހްއަށް ލިބުނީ 243 ވޯޓެވެ. ޖުމްލަ 373 މީހުން ވޯޓްލީއިރު 1 ވޯޓްވަނީ ބާތިލްވެފައެވެ.

ފުލިދޫގައި ބެހެއްޓި ވޯޓު ފޮށްޓަށް ވޯޓްލުމަށް 271 މީހަކު ރަޖިސްޓްރީކުރިއިރު ވޯޓްލާފައިވަނީ 254 މީހެކެވެ. މިފޮށިން އަބްދުﷲ ޔާމިންއަށް 133 ވޯޓް ލިބުނުއިރު އިބްރާހިމް މުހައްމަދު ޞާލިހްއަށް ލިބުނީ 120 ވޯޓެވެ. އެއް ވޯޓް ބާތިލްވިއެވެ.

ތިނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަށް ވޯޓްލުމަށް 98 މީހަކު ރަޖިސްޓްރީކުރިއިރު ވޯޓްލާފައިވަނީ 77 މީހެކެވެ. މިފޮށިން އަބްދުﷲ ޔާމިންއަށް 16 ވޯޓް ލިބުނުއިރު އިބްރާހިމް މުހައްމަދު ޞާލިހްއަށް ލިބުނީ 60 ވޯޓެވެ. އެއް ވޯޓް ބާތިލްވިއެވެ.

ފެލިދޫގައި ބެހެއްޓި ވޯޓު ފޮށްޓަށް ވޯޓްލުމަށް 370 މީހަކު ރަޖިސްޓްރީކުރިއިރު ވޯޓްލާފައިވަނީ 344 މީހެކެވެ. މިފޮށިން އަބްދުﷲ ޔާމިންއަށް 193 ވޯޓް ލިބުނުއިރު އިބްރާހިމް މުހައްމަދު ޞާލިހްއަށް ލިބުނީ 148 ވޯޓެވެ. ތިން ވޯޓް ބާތިލްވިއެވެ.

ކެޔޮދޫގައި ބެހެއްޓި ވޯޓު ފޮށްޓަށް ވޯޓްލުމަށް 417 މީހަކު ރަޖިސްޓްރީކުރިއިރު ވޯޓްލާފައިވަނީ 374 މީހެކެވެ. މިފޮށިން އަބްދުﷲ ޔާމިންއަށް 154 ވޯޓް ލިބުނުއިރު އިބްރާހިމް މުހައްމަދު ޞާލިހްއަށް ލިބުނީ 215 ވޯޓެވެ. ފަސް ވޯޓް ބާތިލްވިއެވެ.

ރަކީދޫގައި ބެހެއްޓި ވޯޓު ފޮށްޓަށް ވޯޓްލުމަށް 137 މީހަކު ރަޖިސްޓްރީކުރިއިރު ވޯޓްލާފައިވަނީ 110 މީހެކެވެ. މިފޮށިން އަބްދުﷲ ޔާމިންއަށް 47 ވޯޓް ލިބުނުއިރު އިބްރާހިމް މުހައްމަދު ޞާލިހްއަށް ލިބުނީ 61 ވޯޓެވެ. ދެ ވޯޓް ބާތިލްވިއެވެ.

ވ އަތޮޅުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު އަބްދުﷲ ޔާމިންއަށް ލިބުނީ 672 ވޯޓެވެ. އިބްރާހިމް މުހައްމަދު ޞާލިހްއަށް ލިބުނީ 847 ވޯޓެވެ.

ޝެއަރ ކުރައްވާ