ކެޔޮދޫ ސްކޫލަށް ރިލީފް ޓީޗަރުން ހޯދަނީ

ކެޔޮދޫ ސްކޫލުގައި ތިން މަސްދުވަހުގެ މުއްދަތަށް މަސައްކަތްކުރާނެ ރިލީފް ޓީޗަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެސްކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރިލީފް ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 3 މީހުން ބޭނުންވާ ކަމަށާއި މިކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ 2018 ޑިސެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 12:00 ކަމަށެވެ.

ކެޔޮދޫ ސްކޫލުން ބުނެފައިވަނީ މިމަޤާމަށް އެންމެ ޤާބިލް މީހުން ކަނޑައަޅާނީ ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

މިމަޤާމަށް ހޮވޭ ފަރާތަކީ ސާނަވީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތެއް ނަމަ މުސާރައިގެ ގޮތުގައި މަހަކު 4500.00 ރުފިޔާ އަދި ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500.00 ރުފިޔާ ލިބޭނެއެވެ. މަތީ ސާނަވީ ތަޢުލީމު ޙާޞިލްކޮށްފައިވާނަމަ މުސާރައިގެ ގޮތުގައި 5500.00 ރުފިޔާ އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 1500.00 ރުފިޔާ ލިބޭނެއެވެ. އަދި ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ މުސާރައަށް 6090.00 ރުފިޔާ އަދި ސަރވިސް އެލަވަންސް އަށް 2500.00 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ޝެއަރ ކުރައްވާ