ނިމުނު ދައުރު މިމެމްބަރުން މަޖްލިސްއަށް ޚާޟިރުވީ ކިތައްދުވަހު؟

18 ވަނަ ރައްޔިތުންގެ މަޖްލީހުގެ ދައުރު މިހާރުވަނީ ހަމަވެފައެވެ. އެންމެ ފަހު ދައުރުގެ ބޭއްވުނު ޖަލްސާތަކަށް މެމްބަރުން ޚާޟިރުވިގޮތުގެ ޚާޟިރީވެސްވަނީ އާއްމު ކޮށްފައެވެ. މިފަހަރު މިބާލަލީ ވ އަތޮޅުގެ ދެދާއިރާއަށް ނިސްބަތްވާ މެމްބަރުން މަޖްލީހުގެ ފަހު ދައުރަށް ޙާޟިރުވެފައިވާ ގޮތުގެ މައްޗަށެވެ.

މޫސާ ނިޒާރު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް ނިމިދިޔަ ދައުރު މަޖްލީހުގެ ޖަލްސާތަކުގެ ތެރެއިން ހާޟިރުވެފައިވަނީ 15 ޖަލްސާއަށެވެ. ޖުމްލަ 23 ޖަލްސާ ބޭއްވިއިރު 1 ޖަލްސާއަށް ވަޑައިނުގަންނަވާއިރު 7 ޖަލްސާ ބޭއްވިއިރު ހުރީ ޗުއްޓީގައެވެ.

އަހުމަދު މަރުޒޫޤް

އެމްޑީޕީގެ ފެލިދޫ ދާއިރާގެ މެމްބަރ އަހުމަދު މަރުޒޫޤް ނިމިދިޔަ ދައުރު މަޖްލީހުގެ 23 ޖަލްސާގެ ތެރެއިން ޚާޟިރުވެފައިވަނީ 21 ޖަލްސާއަށެވެ. 2 ޖަލްސާއަށް ޚާޟިރެއް ނުވެއެވެ.

ޝެއަރ ކުރައްވާ