ފެލިދޫ ދާއިރާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާނީ މަބްރޫކްއާއި ނަސްރުﷲ

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ފެލިދޫ ދާއިރާއަށް ވާދަކުރާނެ މީހަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާނީ 2 ފަރާތަކުންކަން ކަށަވަރު ވެއްޖެއެވެ.

އެގޮތުން ޕްރައިމަރީގައި ފޯމް ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަވީރު 04:00 އަށް ހަމަވިއިރު ފޯމް ހުށަހަޅާފައިވަނީ:
– މުހައްމަދު މަބްރޫކް އަޒީޒް
– އަހުމަދު ނަސްރުﷲ

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 18 ގަ އެވެ. މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 86 ދާއިރާއަށް 280 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ.

ޝެއަރ ކުރައްވާ