ކެޔޮދޫ ދާއިރާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާނީ 2 ކެނޑިޑޭޓުން

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ފެލިދޫ ދާއިރާއަށް ވާދަކުރާނެ މީހަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާނީ 2 ފަރާތަކުންކަން ކަށަވަރު ވެއްޖެއެވެ.

އެގޮތުން ޕްރައިމަރީގައި ފޯމް ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަވީރު 04:00 އަށް ހަމަވިއިރު ފޯމް ހުށަހަޅާފައިވަނީ:
– އާދަމް އަބްދުލް ލަތީފް
– ހުސައިން ޤާސިމް

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 18 ގަ އެވެ. މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 86 ދާއިރާއަށް 280 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ.

ރައްުޔިތުން މަޖްލީހުގެ އިންތިހާބުގައި ވޯޓުލުން އޮންނާނީ 2019 އޭޕްރީލް މަހުގެ 06 ވަނަ ދުވަހުއެވެ.

ޝެއަރ ކުރައްވާ