ވ އަތޮޅުން ފުރަތަމަ ހެނދުނުގެ ނާސްތާ ފަށާނީ އަތޮޅު މަދަރުސާއިން

އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ހެނދުނުގެ ނާސްތާ ދޭންފަށާއިރު ވ އަތޮޅުން ފުރަތަމަ ހެނދުނުގެ ނާސްތާ ދޭން ފަށާނީ ވ އަތޮޅު މަދަރުސާއިން ކަމުގައި އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ މިއަދު ވިދާޅުވެފައިވަނީ ދަރިވަރުންގެ އާބާދީއަށް ބެލުމަށްފަހު މާލެ ސަރަހައްދުން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލުގައި ނާސްތާ ދޭން ފެށުމަށް ހަމަޖައްސާފައިވާ ކަމަށާއި ޔުނިސެފްގެ އެހީއާއެކު ނާސްތާގެ ގޮތުގައި ދޭނެ 10 މެނޫއެއްވެސް ތައްޔާރުކޮށްފައިވާ ކަމަށެވެ.

މެނޫގައި ހިމެނޭ ތަކެތި
މެނޫ 1: ރޮށި، ބިސްގަނޑު، ކިރު

މެނޫ 2: ރޮށި، ފަތު މަސްހުނި، ކިރު

.މެނޫ 3: ރޮށި، ތަރުކާރީ މަސްހުނި، ކިރު

މެނޫ 4: ރޮށި، ބަރަބޯ މަސްހުނި، ކިރު

މެނޫ 5: ރޮށި، ބަށި މަސްހުނި، ކިރު

މެނޫ 6: ބޭކަޑް ބީންސް، ރޯލް، ކިރު

މެނޫ 7: ބިސް، ސޭންޑްވިޗް، ކިރު

މެނޫ 8: ޓޫނާ، ސޭންޑްވިޗް، ފެން، ކިރު

މެނޫ 9: ޗީޒް ސޭންޑްވިޗް، ކިރު

މެނޫ 10: ޕާން، ޕީނަޓް ބަޓާ، ކިރު

މިނިސްޓަރު ވިދާޅުވީ ނާސްތާ ދިނުމަކީ ދަރިވަރުންނާ ސީދާ ގުޅޭ ކަމަކަށް ވުމުން އެކަމަށް ބެލެނިވެރިންގެ ރުހުން އޮތްތޯ ބެލުމަށް ފޯމެއް ފުރަންޖެހޭނެ ކަމަށެވެ. އެކަމަށް ބެލެނިވެރިއަކު ބޭނުން ނުވާ ނަމަ އެ ދަރިވަރަކު ނާސްތާގައި ބައިވެރިއެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ބެެލެނިވެރިން ފުރާ ފޯމުގައި، ދަރިވަރަކު ކާ އެއްޗަކަށް އެލާޖިކް ވޭތޯ އާއި ސިއްހަތާ ގުޅޭ މުހިއްމު މައުލޫމާތުތައް ހިމަނާނެ އެވެ.

ނާސްތާ ދޭން ފަށާ 25 ސްކޫލުގެ ޖުމުލަ އާބާދީ އަކީ 14،720 އެވެ. އޭގެ ތެރެއިން ވެސް ނާސްތާ ދޭން ހަމަޖައްސާފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ. އެ ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ.

ޝެއަރ ކުރައްވާ