އަތޮޅު މަދަރުސާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

ފުލިދޫގައި ހުންނަ ވ. އަތޮޅު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

ދިރާސީ އައުއަހަރު ފެށުމާއެކު ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދިނުމަށް ވ އަތޮޅުން އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅާފައިވަނީ އަތޮޅު މަދަރުސާގައެވެ.

މިކަމާއި ގުޅިގެން އަތޮޅު މަދަރުސާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ސްކޫލްގެ ހެދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށާއި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

އަތޮޅު މަދަރުސާއިން ބުނެފައިވަނީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެންބަރު 21 އިން 2018 ޑިސެންބަރު 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދޭ ކަމަށާއި މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެންބަރު 24 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން admin@vatollscool.edu.mv އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދޭ ކަމަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 ޑިސެންބަރު 25 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސްކޫލްގެ ޢިދާރާގައެވެ. ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެންބަރު 31 ވާ ހޯމަ ދުވަހުގެ 11:00 ގައި ސްކޫލްގެ ޢިދާރާގައެވެ.

އިޢުލާނާއި ބީލަންފޮތް ބެލުމަށް

ޝެއަރ ކުރައްވާ