އަތޮޅު މަދަރުސާގައި މަސައްކަތްކުރާނެ ޓީޗަރުން ހޯދަނީ

ފުލިދޫގައި ހުންނަ ވ އަތޮޅު މަދަރުސާގައި މަސައްކަތްކުރާނެ ޓީޗަރުން ހޯދުމަށް އިޢުލާނު ކޮށްފިއެވެ.

މިގޮތުން ޓީޗަރުން ބޭނުންވަނީ:
– 1 ޕްރީ ސްކޫލް ޓީޗަރު
– 1 ޤުރުއާން ޓީޗަރު
– 1 ދިވެހި ޓީޗަރު
– 4 ޕްރައިމަރީ ޓީޗަރު

މިމަޤާމްތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި މަހަކު 7070.00 ރުފިޔާ އާއި 10640.00 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ލިބޭނެއެވެ. އަދި ކޮންމެ މަހަކު ސަރވިސް އެލަވަންސްގެ ގޮތުގައި 2500.00 ރުފިޔާވެސް ލިބޭނެއެވެ.

އަތޮޅު މަދަރުސާއިން ބުނެފައިވަނީ މިމަޤާމަށް އެންމެ ޤާބިލް މީހުން ކަނޑައަޅާނީ ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

މިމަޤާމްތަކަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ 2019 ޖެނުއަރީ 3 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް އަދި ފެކްސް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، admin@vatollschool.edu.mv އެވެ. ފެކްސް ނަންބަރަކީ، 6700025 އެވެ.

ޝެއަރ ކުރައްވާ