ތަޢުލީމީ މަރުކަޒުގެ ބައެއް ޢިމާރާތްތަކުގައި ކުލައާއި ދަވާދުލައިދޭނެ ބަޔަކު ހޯދަނީ

ވ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢިމާރާތްތަކުގައި އަމިއްލަ ތަކެތީގައި ކުލައާއި ދަވާދުލައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ތަޢުލީމީ މަރުކަޒުުން ބުނެފައިވަނީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އެމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 6 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން އެމަރުކަޒަށް ދުރުވެދެއްވުން އެދޭ ކަމަށެވެ.

އަންދާސީ ހިސާބާއިއެކު އައިޑީ ކާޑް ކޮޕީއާއި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީ ހުށަހަޅަންޖެހެއެވެ.

ތަޢުލީމީ މަރުކަޒުުން ބުނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ޑޮކިއުމަންޓްސް ފުރިހަމަ ނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މަދުވެގެން 3 ފަރާތުން މިކަމަށް އަންދާސީ ހިސާބު ހުށަނާޅުއްވައިފިނަމަ ޤަވައިދުން އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރެވޭނެކަމަށް ބުނެއެވެ.

ޝެއަރ ކުރައްވާ