ނާސްތާ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިޢުލާނުކޮށްފި

ފުލިދޫގައި ހުންނަ ވ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކޮށްފިއެވެ.

މިކަމާއި ގުޅިގެން އަތޮޅު މަދަރުސާއިން ބުނެފައިވަނީ ދަރިވަރުންނަށް ނާސްތާ ތައްޔާރު ކޮށްދޭނެ ބައެއް ހޯދުމަށް ކުރިން ކުރި އިޢުލާނުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެއިޢުލާނު ބާތިލްކޮށް އަލުން އިއުލާނުކުރީ ކަމަށެވެ.

އަތޮޅު މަދަރުސާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ސްކޫލްގެ ހެދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށާއި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

އަތޮޅު މަދަރުސާއިން ބުނެފައިވަނީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެންބަރު 31 އިން 2019 ޖެނުއަރީ 3 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދޭ ކަމަށާއި މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 03 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން admin@vatollschool.edu.mv އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދޭ ކަމަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖެނުއަރީ 06 ވާ އަންގާރަ ދުވަހުގެ 11:00 ގައި ސްކޫލްގެ ޢިދާރާގައެވެ. ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ސްކޫލްގެ ޢިދާރާގައެވެ.

ދިރާސީ އައުއަހަރު ފެށުމާއެކު ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދިނުމަށް ވ އަތޮޅުން އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅާފައިވަނީ އަތޮޅު މަދަރުސާގައެވެ.

ޝެއަރ ކުރައްވާ