ރިޕޯޓް

ނިމުނު ދައުރު މިމެމްބަރުން މަޖްލިސްއަށް ޚާޟިރުވީ ކިތައްދުވަހު؟

18 ވަނަ ރައްޔިތުންގެ މަޖްލީހުގެ ދައުރު މިހާރުވަނީ ހަމަވެފައެވެ. އެންމެ ފަހު ދައުރުގެ ބޭއްވުނު ޖަލްސާތަކަށް މެމްބަރުން ޚާޟިރުވިގޮތުގެ ޚާޟިރީވެސްވަނީ އާއްމު ކޮށްފައެވެ. މިފަހަރު މިބާލަލީ ވ އަތޮޅުގެ ދެދާއިރާއަށް ނިސްބަތްވާ މެމްބަރުން މަޖްލީހުގެ ފަހު ދައުރަށް ޙާޟިރުވެފައިވާ ގޮތުގެ މައްޗަށެވެ. މޫސާ ނިޒާރު އިބްރާހިމް ޖުމްހޫރީ ޕާޓީގެ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް ނިމިދިޔަ ދައުރު މަޖްލީހުގެ ޖަލްސާތަކުގެ ތެރެއިން ހާޟިރުވެފައިވަނީ 15 ޖަލްސާއަށެވެ. ޖުމްލަ 23 ޖަލްސާ ބޭއްވިއިރު 1 ޖަލްސާއަށް ވަޑައިނުގަންނަވާއިރު 7 ޖަލްސާ ބޭއްވިއިރު ހުރީ ޗުއްޓީގައެވެ. އަހުމަދު...

ރިޔާސީ އިންތިހާބުގެ ވ އަތޮޅުގެ ނަތީޖާ

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ވ އަތޮޅުގެ ކޮންމެ ރަށެއްގައި ވޯޓު ފޮށްޓެއް ބެހެއްޓުނެވެ. އަދި މީގެ އިތުރުން މަލޭގައި ދިރިއުޅޭ ވ އަތޮޅުގެ ރައްޔިތުން ވޯޓުލުމަށްވެސްވަނީ ވޯޓު ފޮށްޓެއް ބަހައްޓާފައެވެ. މިއިންތިހާބުގައި ވ އަތޮޅުން 1680 މީހަކަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ. މާލޭގައި ދިރިއުޅޭ ވ އަތޮޅުގެ ރައްޔިތުން ވޯޓުލުމަށް ބެހެއްޓި ފޮށްޓަށް 387 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު ވޯޓު ލާފައިވަނީ 373 މީހުންނެވެ. މިފޮށިން ކެނޑިޑޭޓް ނަންބަރ...

ފައިސާގެ ބޮޑެތި އިނާމުތަކަކާއެކު “އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް”

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އަކީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭން، ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން "ރިވެތި ރާއްޖެ، މަގޭ ރާއްޖެ" މި ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ދަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ،"އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް" ގެ ނަމުގައި ވަރަށް ޚާއްސަ މައުރަޒެއް އިއުލާނުކޮށްފައެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު، ޖޫން 5 އިން ފެށިގެން 31 ޖުލައި 2017...

އެތެރެ ހާވިޔާވުން

މާތްﷲ ދުނިޔެ އުފައްދަވައި އެ ދުނިޔެއަކީ ޚިޔާރުކުރުމާއި، އިމްތިޙާނުކުރެވުމުގެ މައިދާން ކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެދުނިޔޭގައި އިމްތިޙާނަކަށް ބޭނުންވާނެ ހުރިހާ ސިފަތަކެއް ފުރިހަމައަށް ލެއްވިއެވެ. މި ސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަބަދުމެ، ދަތިކާއި ބުރަތަކުގެ ތެރޭގައި އުޅެން ޖެހެއެވެ. (ފެށުމުގެ ގޮތުން) އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައް މައިގަނޑު ދެ ބަޔަކަށް ބަހައިލަމާ ހެއްޔެވެ؟ ފުރަތަމަ ބާވަތަކީ ބޭރުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އެއީ އަންނަނިވި ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެވެ. 1- އިސްލާމްދީނުގެ ހިދާޔަތު ލިބިފައިނުވާ، ޒަމާނުގެ ކުރިއެރުންތަކާ ދުރު، ތަރައްޤީނުވާ ދަތި ވެއްޓެކެވެ. މިއީ ނޭދެވޭ އަސަރުތަކެއް...

ސުވާލު ނުބައެވެ. ވީމާ ޖަވާބުވެސް ނުބައިވާނެއެވެ.

ދިވެހި ޤައުމުން ކުރިއެރުން ނުފެންނަނީ ކީއްވެ ހެއްޔެވެ؟ އާ އީޖާދުތަކާއި އާ ފަސޭހަތައް އުފަންނުވަނީ ކީއްވެ ހެއްޔެވެ؟ އެތައް އަހަރެއްވެގެންދާ އިރުވެސް ވަކި ވަކި ދާއިރާތަކުންނާއި ޚިދުމަތްތަކުންނާއި މުޖުތަމަޢުން ކުރިއެރުން ނުފެންނަނީ ކީއްވެ ހެއްޔެވެ؟ މީގެ ދިހަވަރަކަށް އަހަރު ކުރިން ތަޢުލީމީ ދާއިރާގެ އެންމެ ބޮޑު ކާމިޔާބަކީ، އޯލެވެލް އިމްތިޙާނުން ދުނިޔޭގެ ފެންވަރުގައި ދިވެހި ދަރިވަރުން ވަނަ ހާސިލުކުރުމެވެ. ދިހަ އަހަރު ފަހުން މިއަދުވެސް އެންމެ ބޮޑު ކާމިޔާބަކީ އެއީއެވެ. އެކަން ފާހަގަ ނުކުރާށޭ ދަންނަވަނީ އެއް ނޫނެވެ. އެކަމަކު އެއް ކާމިޔަބީއަށް ދިހަ...

ރަމަޟާން މަހަށްޓަކައި ތިބާގެ ދަރިން ތައްޔާރު؟

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމުންނަށްވެސް ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މަހެކެވެ. ރަމަޟާންމަހަކީ އަހަރެމެން ހުރިހާ މުސްލިމުންވެސް އެމަހަކަށްޓަކައި އިންތިޒާރު ކުރަމުންދާ މަހެކެވެ. އެއީ ހަމައެކަނި އެމަހެއްގައި ހުރިހާ ދުވަސްތަކެއްގައި ރޯދައަށް ތިބެ ﷲ ގެ މަތިން ހަނދުމަކޮށް އަޅުކަމުގެ ފޯރި އެހެން ހުރިހާ މަސްތަކަކަށްވުރެ އިތުރުކުރާމަހެވެ. މުޅިއަހަރު ދުވަހު ހޭދަކުރި ބިޒީ ޝެޑިއުލް އަށް ބަދަލުތަކެއް ގެނެސް މީހާގެ ދުނިޔެވީ މަސައްކަތްތައް ކޮންމެވެސް ވަރަކަށް އެކަހެރިކޮށްލުމަށްފަހު އުޚުރަވީ ޙަޔާތާ މެދު ފިކުރުކޮށްލާން ލިބޭ މަހެކެވެ. އަޅުގަނޑުމެންގެ ޢާއްމު ދިރިއުޅުން މިދެންނެވި ބީދައިން...

ފުރާނަ ދުއްވާނުލާ! އެއީ ހައްލެއްނޫން!

އަހަރެމެންނަށް ވިސްނޭ ގޮތުގައި އިތުރަށް އެންމެ ދުވަހަކުވެސް ދުނިޔޭގައި ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ޢުމުރު ދިގުކޮށްދޭވާތޯ އެދި މާތް ރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ކުރެއެވެ. ސުވާލަކީ އިންސާނެއްގެ ފުރާނަ އޭނާ އަމިއްލައަށް ދުއްވާލާ ހިސާބަށް އޭނާގެ ފިކުރު ދަނީ ކިހާހިސާބަކުންތޯއެވެ؟ އެހިސާބަށް އިންސާނެއްގެ ފިކުރު ހިނގައިދާނެތޯއެވެ؟ ޚާއްޞަކޮށް ﷲ ތަޢާލާ އަށް އީމާންވާ މީހެއްގެ ހިތަށް އެފަދަ ޚިޔާލެއް އަރާފާނެތޯއެވެ؟ އެފަދަ ކަމެއް ކުރަން ކުރަން ކެރިދާނެތޯއެވެ؟ ނަފްސާނީ ޢިލްމުވެރިންގެ ބަސް އެމެރިކަން އެސޯސިއޭޝަން އޮފް ސޫސައިޑޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރ, ޑރ. އެލެން. އެލް....

ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ތެދުވަމާ!

ދިވެހިރާއްޖޭގައި، މިހާރު އިވޭ އެންމެ ހިތާމަވެރި އަޑަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ ވާހަކައެވެ. މައުސޫމް ކުޑަކުދިންނަކީ އަންނަން އޮތް ޖީލުގެ މުސްތަޤުބަލު ކަމަށްވެފައި، މިފަދަ އަނިޔާތަށް ކުދިންނަށް ކުރުމުން، މީގެ ނޭދެވޭ އަސަރު ޖީލުތަކަށް ދެމިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން މި ކުޑަ ކުޑަ ދިވެހިރާއްޖޭގެ ކުރިއެރުމަށް ހުރަސް އެޅިގެންދެއެވެ. އެއީ އިޖްތިމާއި ގޮތުންނާއި އިޤްތިސާދީ ގޮތުންނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ހަމައެކަނި އެކުދިންގައިގައި ތަޅާ ހެދުމެއް ނޫން ނުވަތަ ޖިންސީ ގޯނާ ކުރުމެއްވެސް ނޫނެވެ. އެކުދިންނަށް އަނިޔާއެއް ގޮތުގައިދެވޭ ކޮންމެ އަމަލެއް، ބަހެއް...

ރަކީދޫ މީހުން ފޮށިތަންމަތި ތައްޔާރުކޮށްފި، އެކަމަކު ދާނެ ތަނެއް ނެތް!

ހަވީރު ފިންޏަށް ވ. ރަކީދޫގައި ކުރިން ފުޓްބޯޅަ ކުޅެ އެވެ. ޒުވާނުން ކުރިން އެކަން ކުރިޔަސް މިހާރަކު އެ ކުޅިވަރު ކުޅެވޭކަށް ނެތެވެ. ސަބަބަކީ ބައި ހަމަ ނުވާތީ އެވެ. މި ރަށުގައި ފުޓުބޯޅަ ކުޅެމުންދަނީ ކޮޅަކަށް ހަތަރު މީހުން ލައިގެން އަށް ޒުވާނުންނެވެ. އޭގެ ތެރެއިން ބައެއް ކުދިން ރަށްތަކަށް ގޮސްފައިވުމުން މިހާރު މި ރަށު ޒުވާނުން ތިބީ ފުޓްބޯޅަ ކުޅުމުން މަހުރޫމްވެފަ އެވެ. ޓީމް ހަމަނުވާތީ އެވެ. ހަމައެކަނި ކުޅިވަރެއް ނޫނެވެ. ޓީމު ހަމަނުވެގެން މިރަށުގެ ރައްޔިތުން ތިބީ އަސާސީ...

- Advertisement -

ފަހުގެ

- Advertisement -